ހަބަރު

އަޖޭއާއި އެކު ޑިސްކަވަރީ ޝޯގެ ޝޫޓިން ވ. އަތޮޅުގައި

Sep 14, 2021

ބެއާ ގްރިލްސްގެ މަޝްހޫރު ޝޯ "އިން ޓު ދަ ވައިލްޑް"ގެ ދެވަނަ ސީޒަންގެ ޝޫޓިން އަޖޭ ދޭވްގަން އާއި އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވ. އަތޮޅުގަ އެވެ. މިހާރު ވަނީ އެ ޝޯގެ ޝޫޓިން ވ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހުއްދަ ވެސް ލިބިފަ އެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޖޭ ބައިވެރިވާ ޝޫޓިން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ވ. އަތޮޅުގެ މަޝްހޫރު "ޝިޕްރެކް" ސަރަހައްދުގަަ އެވެ.

ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

ޝޯގެ ޝޫޓިންގަށް ބެއާ ގްރިލްސް އަދި އަޖޭގެ އިތުރުން ޕްރޮޑަކްޝަން ކްރޫ މިހާރު ތިބީ ރާއްޖޭގަ އެވެ.

މިދަތުރުގައި އަޖޭގެ ދަރިފުޅު ޔުގް ދޭވްގަންވެސް އަޖޭއާއި އެކު ރާއްޖެ އައިސްފައިވާއިރު ޔުގްގެ 11 ވަނަ އުފަންދުވަސް ވެސް ފާހަގަކޮށްފައިވަނީ ރައްޖޭގަ އެވެ.

"އިން ޓް ދަ ވައިލްޑް"ގެ ހޯސްޓާ އެކު ގިނަ ހޮލީވުޑް އަަދި ބޮލީވުޑް ތަރިން އެ ޝޯގައި މެހެމާނުންގެ ގޮތުގައި ބައިވެރިވެ އެވެ. މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އަދި ރަޖްނީކާންތު ވެސް ބެއާ ގްރިލްސްއާ އެކު ބައިވެރިވެފައިވެ އެވެ.

މި ޝޯއަކީ މީހުން ނޫޅޭ ވަލު ޖަންގަލި ފަދަަ ތަންތަނުގަައި ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަން ދައްކުވައިދޭ ޝޯއެކެވެ.