ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އއ. އަށް ވަޑައިގެންފި

Oct 20, 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އަށް މިއަދު ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ ތޮއްޑޫ އާއި ރަސްދޫ އާއި އުކުޅަހާއި މަތިވެރި އާއި ބޮޑުފޮޅުދޫ އަދި ހިމަންދޫ އަށެވެ.

ރައީސްގެ ދަތުރުފުޅުގައި ރަށްރަށުގެ އިސްވެރިންނާއި ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލާއި، ބޮޑުފޮޅުދޫ މިސްކިތާއި ހިމަންދޫގެ ބަނދަރު ހުޅުއްވައި ދެއްވާނެ އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މިިހާރު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މީގެ ކުރިން ވަނީ ހދ. އަތޮޅާއި، ށ. އަތޮޅާއި ރ. އަތޮޅާއި އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.