ބޮޑުފޮޅުދޫ

ބޮޑުފޮޅުދޫ މިސްކިތް ރައީސް ހުޅުވައިދެއްވައިފި

Oct 21, 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. ބޮޑުފޮޅުދޫ ވަޑައިގެން އެރަށުގައި އިމާރާތްކޮށްފައި ހުރި އާ މިސްކިތް ހުޅުވައިދެއްވައިފި އެވެ.

މިއަދު ހުޅުވި މިސްކިތަކީ ރައީސް ސޯލިހުގެ ސަރުކާރުގައި މަސައްކަތް ފަށައި ނިންމާލި މިސްކިތެކެވެ.

ތިންސަތޭކަ މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ބޮޑުފޮޅަދޫ މިސްކިތް ހުޅުވިއިރު ވާރޭ ފެން ރައްކާކުރާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި ބޮޑުފޮޅަދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި، ބިން ހިއްކުމާއި އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވަނީ ބަޔަކާ ހަވާލުކުރެވިފަ އެވެ.

ރައީސް އޮފީހުން ބުނީ ބޮޑުފޮޅުދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި 11.8 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގިފައިވާ ކަމަށެވެ.