ރައްޔިތުންގެ މަޖިލިސް

ކަމަދޫ ކައުންސިލްގެ މައްސަލަތައް ފައިލްކޮށްފި

މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ތެރެއިން. ކަމަދޫ ކައުންސިލުގެ މައްސަލަތައް ނުބަލަން ނިންމި -- ފޮޓޯ: މަޖިލިސް
0%
0%
0%

ކަމަދޫ ކައުންސިލްގެ ނިމިގެން ދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ނުބަލަން ނިންމައި އެ މައްސަލަތައް ފައިލްކޮށްފި އެވެ.

ނިމިގެން ދިޔަ ދައުރުގައި ކަމަދޫ ކައުންސިލުން އެލްޖީއޭއަށް 10 މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި އޮތެވެ.

އޭގެ ތެރޭގައި ކައުންސިލްގެ ހުސްކޮށް ހުރި މަގާމުތަކަށް މީހުން އައްޔަން ނުކުރާ މައްސަލައާއި ބައެއް ކައުންސިލް މެމްބަރުން އޮފީހަށް ހާޒިރުނުވާ މައްސަލަ ހިމެނެ އެވެ. ހަަމަ އެހެންމެ ވަކި އަތަކަށް ޖެހޭ ގޮތަަކަށް މަސައްކަތް ކުރުމަށް ބާރު އަޅާ މައްސަލައާއި ކުރިން އެލްޖީއޭގެ ދެ މެމްބަރަކު ކައުންސިލުގެ މަސައްކަތަށް ނުފޫޒު ފޯރުވާ މައްސަލައެެއް ވެސް ހުށަހަޅާފައި އޮތެވެެ.

ނަމަވެސް އެ މައްސަލަތަކުގެ ތެރެއިން ހުރިހާ މައްސަލަތަކަކީ ވެސް ކުރީގެ ކައުންސިލުން ފޮނުވާފައިވާ މައްސަލަތަަކަކަށް ވެފައި އަދި އެލްޖީއޭގެ މެމްބަރުންގެ މައްސަަލަ މަޖިލީހަށް ބެލޭނެ ތަނެއް ނެތް ކަަމަށް ލާމަރުކަޒީ ކޮމިޓީގެ ނާއިބު މުގައްރިރު މުހައްމަދު ވަހީދު ވިދާޅުވި އެވެ. ހަމަ އެހެންމެ ކޮރަޕްޝަނާއި މުވައްޒަފުންގެ މައްސަލަތައް އެކަމާ ގުޅޭ މުއައްސަސާއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ލާމަރުކަޒީ ކޮމިޓީގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވިދާޅުވީ ހުށަހަޅާފައިވާ މައްސަލަތަކަކީ ނިމިގެން ދިޔަ ކައުންސިލުން ހުށަހެޅި މައްސަލަތަކެއް ކަަމަށާއި އަދި ކުރީގެ މައްސަލަތައް ތަކުރާރުވާނަމަ ފާއިތުވި ހަ މަސް ތެރޭގައި އާ ކައުންސިލުން ހުށަހަޅާފައި އޮތީސް ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބަަލަން ނުފެންނަ ކަމަށެވެ.

އެހެންކަމުން ކަމަދޫ ކައުންސިލުގެ މައްސަލަތައް ނުބަލަން ނިންމައި ފައިލު ކުރަން ކޮމިޓީން ނިންމި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345