އެކްސިޑެންޓް

ތިނަދޫ ޕާކުގައި ހުރި ވަޅަކަށް ކުޑަކުއްޖަކު ވެއްޓިއްޖެ

ތިނަދޫ މިއުޒިމް ޕާކު. ޕާކުގައި ހުރި ޕަމްޕު ހޮޅިތައް ހުރި ވަޅަކަށް ކުޑަކުއްޖަކު ވަނީ ވެއްޓިފައި
0%
0%
0%

ގދ. ތިނަދޫގެ މިއުޒިއަމް ޕާކުގައި ހުރި ޕަމްޕު ހޮޅިތައް ހުރި ވަޅަކަށް ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އަވަސް އަށް ވިދާޅުވީ ކުޑަކުއްޖާ ވެއްޓުނީ އަށް ފޫޓުގެ ފުންމިން ހުރި ވަޅަކަށް ކަމަށެވެ.

އެ ހާދިސާގައި ވަޅަށް ވެއްޓުނީ ކޮން އުމުރެއްގެ ކުއްޖެއް ކަމެއް ސައުދު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ކުޑަކުއްޖާއަށް އަނިޔާވެގެން ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

"އެ ކުއްޖާގެ އެކްސްރޭ ނެގިކަމަށް ވަނީ. އަދި ލިބުނު ގެއްލުންތަކުގެ މައުލޫމާތެއް ނުލިބޭ" ސައުދު ވިދާޅުވި އެވެ.

ކުޑަކުއްޖާ ވަަޅަށް ވެއްޓުމާ ގުޅިގެން އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ކައުންސިލުން ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް ސައުދު ވަނީ ދެއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910