ގއ. ދާންދޫގައި އެކްސިޑެންޓެއް ހިނގައި ތުއްތު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދޭން ފަށައިިފި އެވެ.
މިއަދު އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓްގައި ސައިކަލަކުން ޖެހުނު ތިން އަހަރުގެ ކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. ފުލުހުން ބުނީ އެ ކުއްޖާއަށް ގއ. ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވީ ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.
މީގެ އިތުރުން ސައިކަލް ދުއްޗަން އިން މީހާއަށް ވެސް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެމީހާއަށް ދާންދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ.