ގއ. ކަނޑުހުޅުދޫގައި ވަޅަށް ވެއްޓުނު ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ކަނޑުހުޅުދޫން ވަޅަށް ވެއްޓި މަރުވެފައި ވަނީ ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ. ވަޅަށް ވެއްޓި އެ ކުއްޖާ ހާލު ދެރަ ވެގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އޭރު ވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ބަލަމުން ގެންދާއިރު ރާއްޖޭގައި ވަޅަށް ވެއްޓިގެން ކުދިން މަރު ނުވާތާ އެތަކެއް އަހަރު ވެއްޖެ އެވެ.