ރ. މަޑުއްވަރީގައި ޕިކަޕަކުން ޖެހި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ނިޔާވެއްޖެ އެވެ.
އަހުމަދު އަސްލަމް (40އ) ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ޕިކަޕު ފަހަތަށް ޖައްސާލި ވަގުތު އަހުމަދު އަސްލަމް ގައިގައި ޖެހިގެންނެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަސްލަމް ގައިގައި ޕިކަޕުން ޖެހުނީ ކައުންސިލް އިދާރާގެ ގަރާޖަށް އެ ޕިކަޕް ވައްދަނިކޮށެވެ. ފާރާއި ޕިކަޕާ ދޭތެރޭ އަސްލަމް ފިތުނީ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.