ކަނޑުމަތީގެ ހާދިސާ

ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ށ. އަތޮޅު ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ޝުނާން ޝަރީފެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް ގައި އައްސާފައި އޮތް ސީބެޑެއްގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގައި ޖެހި ޒަހަމުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު އެ އިދާރާއަށް ލިބުނު ކަމަށެވެ.

އަދި ބުނީ ޒަހަމުވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އެވަގުތު ސީބެޑްގައި އެހެން މީހަކުވެސް އޮތް ކަމަށާ އޭނާ މޫދަށް ފުންމާލީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންނެވެ.