މަރު

ފުނަދޫގައި މީހަކު މޫދަށް ވެއްޓި ކަރުގައި ކަންވާރު އޮޅި މަރުވެއްޖެ

Jan 14, 2020
2

ށ. ފުނަދޫގައި މަސްވެރި ކަމަށް ނުކުމެ އުޅުނު މީހަކު ދޫކުރި ނަނެއްގައި މަހެއް ގަތް ވަގުތު މޫދަށް ވެއްޓި ކަރުގައި ކަންވާރު އޮޅިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި ފުނަދޫން ޑިންގީއެއްގައި މަސްވެރި ކަމަށް ނިކުމެގެން އުޅުނު މީހެއްގެ ނަނުގައި މަހެއް ގަނެގެން މޫދަށް ވެއްޓިފައިވާ ކަމަށާއި އޭނާގެ ކަރުގައި ކަންވާރު އޮޅި މަރުވެފައިވާ ކަމަށެވެ.

މަރުވީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ އޭނާ މަސްވެރިކަމަށް ނުކުމެ އުޅުނީ އެކަނި ކަމަށާއި އޭނާ މޫދަށް ވެއްޓިފައި އޮއްވާ ފެނުނީ އެ ސަރަހައްދުގައި އުޅުނު ދޯންޏަކަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.