މަރު

ދެ ދޯނިދޭތެރޭ ފިތިގެން ދިވެއްސަކު މަރުވެއްޖެ

ދެ ދޯނިދޭތެރޭ ފިތިގެން ދިވެއްސަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މ. ކޮޅުފުށީ ކައިރީގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކޮޅުފުށީ ކައިރީގައި ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނީގެ ދޭތެރެއަށް މީހަކު ފިތިގެން އެކަމުގެ ރިޕޯޓް މިއަދު ހަވީރު 4:41 ގައި ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާ މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.