މޯލްޑިވްސް ޕޮލިސް ސާވިސް

ވާވުގެ ކަނޑުމަތީ ހާދިސާ: ދެ މީހުނަކީ ލަންކާއިން ބެހުނުބައެއް

ފޮއްތެޔޮ ބޮޑުފުށީ
33.3%
0%
66.7%

ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު މީހާ އާއި ވ. އަންބަރާ ބޭރުން އޮޔާ ދަނިކޮށް ފެނުނު ޑިންޑީގައި އިން މީހާއަކީ މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން ރާއްޖެއާ ހަމައަށް އައި ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ހެނދުނު 11:00 ޖަހާ އެހާކަންހާއިރު އެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އެ ރަށަށް ދަރުކޮށަން ދިޔަ ބަޔަކަށެވެ. އޭގެ ކުރިން ވ. އަންބަރާ ކައިރިން އޮޔާދިޔަ ޑިންގީއެއްގައި އިން ސްރީ ލަންކާގެ މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ.

ފުލުހުން ރޭ ބުނީ ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އަންބަރާ ބޭރުން އޮޔާ ދަނިކޮށް ފެނުނު ޑިންޑީއާ ގުޅުންހުރި މީހެއްކަން ހޯދި މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގެ ފަހުގެ މައުލޫމާތު ހާމަކޮށް ފުލުހުން މިރޭ ބުނީ އެ ދެ މީހުންނަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ލަންކާއިން މަހަށް ފުރި ދެ މީހުން ކަމަށާ އެ ދެ މީހުން ރާއްޖެއާ ހަމައަށް އައީ ބެހިގެން ކަމަށް މިހާތަނަށް ހޯދި މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345