ގައްދޫ

ފާރެއްގެ ދަށުވި ކުއްޖަކު ސީރިއަސް ހާލަތުގައި

ވެއްޓުނު ފާރެއްގެ ދަށުވެ ގދ. ގައްދޫ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 17 އަހަރުގެ ކުޑަ ފިިރިހެން ކުއްޖާއަށް ފަރުވާ ދެނީ އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ ކުޑަ އެ ފިރިހެން ކުއްޖާ ފާރުގެ ދަށުވީ ގައްދޫ ކައިރީގައި އޮންނަ ލޮނުދުއަހުުއްޓާ ކިޔާ ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.

ސައީދު އަދި ވިދާޅުވީ އެ ކުއްޖާގެ ބޮލަށާއި ފައިގެ ތަންތަނަށް އެކިވަރުގެ އަނިޔާ ލިބި ބައެއް ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ސިީރިއަސް ކަމަށެވެ.

ލޮނުދުއަހުއްޓާއަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށައި މަސައްކަތް ހުއްޓާލާފައި އޮތް ރަށެކެވެ.