އެމްޑީޕީ

އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު: އިނގުރައިދޫ އާއި ގުރައިދޫގެ ވޯޓުލުން ކުރިއަށް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ރ. އިނގުރައިދޫ އާއި ތ. ގުރައިދޫގައި މިއަދު ކުރިއަށް އެބަދެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތަކެއް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު އިންތިހާބާއި ބެހޭ ކޮމިޓީން އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމީ އެވެ. އަދި ކޮވިޑާއި ގުޅިގެން ބަންދުގައި ތ. ގުރައިދޫ އޮތުމުން ވޯޓުލުން މިދިޔަ މަހުގެ 25 ގައި ކުރިއަށް ނުގެން ދެވުނީ އެވެ.

އެހެންވެ މި ރަށުގައި ވޯޓުލުން މިއަދު އެމްޑީޕީން ކުރިއަށް އެބަގެންދެ އެވެ.

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މިއަދު ވޯޓުލުން ކުރިއަށްދަނީ އިނގުރައިދޫ ދާއިރާގައި ހިމެނޭ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ ސުކޫލް ގައެވެ. އަދި ގުރައިދޫގެ ވޯޓުލުން ކުރިއަށް ގެންދަނީ އެ ރަށު ސްކޫލްގަ އެވެ.