ދުނިޔެ

ޕިކްސެލް ފޯނުތަކުގައި އެންޑްރޮއިޑް 12އާ ހެދި މައްސަލަތަކެއް

ގޫގުލް ޕިކްސެލް ސްމާޓްފޯންތަކަށް އެންޑްރޮއިޑް 12 އިންސްޓޯލްކުރުމާ ގުޅިގެން ފޯނުތަކުގައި މައްސަލަ ޖެހި ބޭނުންކުރަން ދަތިވެގެން އުޅޭކަން ހާމަވެއްޖެ އެވެ. މިކަމާ ގުޅުންހުރި ޝަކުވާތައް ޕިކްސެލް ސަޕޯޓް ޕޭޖްތަކަށް ފޯނު ބޭނުންކުރާ މީހުން އަންނަނީ ހުށަހަޅަމުންނެވެ.

ފޯރަމްގައި ހުރި ޝަކުވާތަކަށް ބަލާއިރު އެކަކު ބުނެވެފައިވަނީ އެންޑްރޮއިޑް 12 އަށް ޕިކްސެލް އަޕްޑޭޓްކުރި ފަހުން ބައެއް އެޕްތައް ކެނޑިނޭޅި ކްރޭޝްވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ބެޓެރީ ހުލިކޮށްލާ ކަމަށެވެ.

އެހެން މެސެޖެއް ބުނާ ގޮތުން ކްރޭޝްވާތީ ފޯނު ރިސެޓް ވެސް ކުރެވިއްޖެ އެވެ. އެކަމަކު ވެސް މައްސަލ ހައްލެއް ނުވި އެވެ. އެގޮތުގައި އިރުގަނޑެއް ފަހުން ޑިސްޕްލޭއިން އެކައްޗެއް ނުފެންނަ ކަމަށް ލިޔެފައިވެ އެވެ.

ޕިކްސެލް 3 ބޭނުންކުރާ މީހަކު ބުނެފައި ވަނީ މައްސަލަ އުޅެނީ ފޯނުގައި ނޫން ކަމަށާއި ޕިކްސެލް ލޯންޗާގައި ކަމަށެވެ.

ޕިކްސެލް 4 ބޭނުންކުރާ މީހަކު ބުނީ އެންޑްރޮއިޑް 12 އަށް ފޯނު އަޕްޑޭޓްކުރި ފަހުން ފޯނު ބޭނުން ނުކުރެވޭ ކަމަށެވެ. އެވެނި މިވެނި ކަމެއް ކުރުމުން ރަނގަޅުވާނެ ކަމަށް ބުނާތީ ކުރި އެއްވެސް ކަމަކުން ފޯނު ރަނގަޅު ނުވި ކަމަށްވެސް ބުންޏެވެ.

އެންޑްރޮއިޑް 12 އަށް އަޕްޑޭޓްކުރުމުން ނުކުންނަ ގިނަ މައްސަލަތަކަކީ ކެމެރާ އެޕާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ބެލެވެ އެވެ. ޕިކްސެލް ފޯނުތައް ބޭނުންކުރާ މީހުން ބުނަނީ އެކި މީހުން ތަޖުރިބާ ކުރަނީ އެކި މައްސަލަ ކަމަށެވެ.

ގޫގުލް އިން ބުނަނީ މި މައްސަލަ ދިމާވަނީ ތާޑްޕާޓީ އެޕްތައް އެންޑްރޮއިޑް 12 ގައި ރަނގަޅަށް މަސައްކަތް ނުކުރާތީ ކަމަށެވެ. މިމައްސަލަ އަކީ ވަކި އެޕެއްގެ ސަބަބުން ދިމާވި މައްސަލައެއް ނޫންކަން ޔަގީން ކުރަން ސޭފް މޯޑްގައި ކޭޝް ކްލިއާ ކުރުމާއި ބޫޓް ކުރުން ފަދަ އާދަޔާ ހިލާފު ބައެއް ހައްލުތަކުން ހައްލެއް ލިބޭތޯ ފޯނު ބޭނުންކުރާ މީހުން ވަނީ ބަލާފަ އެވެ.

ޕިކްސެލް 6 އާއި ޕިކްސެލް 6 ޕްރޯ ވެސް ގޫގުލް އިން ވަނީ ތައާރުފުކޮށްްފަ އެވެ. އުއްމީދަކީ މިއަދުން ފެށިގެން ހަފްތާއެއް ތެރޭގައި ފޯނު މާކެޓަށް ނެރުމެވެ. ގޫގުލުން ބުނަނީ ވާނެ ކަމަށެވެ.

އެންޑްރޮއިޑް 12 ގެ ސަބަބުން ޕިކްސެލް 6ގެ މޮޑޮލްތަކަށް މައްސަލަ ދިމާވާ ނަމަ ގޫގުލްއަށް ޖެހޭނީ ސޮފްޓްވެއާ ޕެޗެއް އޮކްޓޯބަރު 28ގެ ކުރިން ނެރޭށެވެ.