ދިރާގު

ދިރާގު ޓީވީ ހިލޭ ގުޅާލަން ރަނުގެ ފުރުސަތެއް

Oct 25, 2021

އެއްވެސް ހަރަދަކައި ނުލާ ދިރާގު ޓީވީ ގުޅައިލެވޭނެ ފުރުސަތު ދިރާގުން ތަނަވަސްކޮށްދީފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާ އަކަށް ޑިޖިޓަލް ޓީވީ ފޯރުކޮށްދެމުންދާ ދިރާގުން "ދިރާގު ޓީވީ" އެއްވެސް ހަރަދަކައި ނުލާ ގުޅާދިނުމަށް ހުޅުވާލާފައިވަނީ މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުންނެވެ. އެ ގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ނޮވެމްބަރު 30، 2021 ގެ ކުރިން ދިރާގު ޓީވީގެ ހިދުމަތައް އެދުމުން ގުޅައިދިނުމުގެ އިތުރުން ޑީކޯޑަރު ވެސް މުޅިން ހިލޭ ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން ޒީ ފޯލްޑް ތިނެއް ލިބޭނެ އެވެ. އަދި ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 މީހަކަށް އެ ކަސްޓަމަރުގެ ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހު ފީ މުޅިން ހިލޭ ލިބިގެންދާނެއެވެ. 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު ވެސް ފޯރުކޮށްދީފައެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތަކާއި ސްޓާ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތަކުގެ އިތުރުން ސޮނީގެ އެންޓަޓެއިންމަންޓް އާއި ސްޕޯޓްސް ޗެނަލްތައް މަގުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލްގެ އިތުރުން ޑިސްކަވަރީގެ ޗެނަލްތަކާއި ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި އެޗުޖީޓީވީ ޗެނަލް އާއި ހޮލީވުޑްގެ މަގުބޫލު ފިލްމު ޗެނަލްތަކުގެ އިތުރުން ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތަކާއި އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.