ފުށިފަރު

ފުށިފަރަށް ބައިނަލްއަގުވާމީ އެވޯޑުތަކެއް

Oct 29, 2021

ޅ. އަތޮޅުގައި ހިންގާ ހިތްގައިމު ރިސޯޓެއް ކަމަށްވާ ފުށިފަރު މޯލްޑިވްސް ރިސޯޓަށް ބައިނަލް އަގުވާމީ ގިނަ އެވޯޑުތަކެއް ލިބިއްޖެ އެވެ.

ހުުޅުވިތާ އަދި އެންމެ ތިން އަހަރުވެފައިވާ ޅ. އަތޮޅުގައި ހިންގާ ފުށިފަރު ރިސޯޓަށް ލިބުނު މި ވަނަތައް ފާހަކަކޮށް އެ ރިސޯޓުގެ ހަތަރު ވަނަ "ފެންޓާސްޓިކް 4" ފާހަގަ ކުރަން އެ ރަށުގައި މިދިޔަ ހަފުތާގައިވަނީ ކުލަގަދަ ހަފުލާއެއް ބާއްވާފަ އެވެ.

މި ހަފުލާގައި އެ ރިސޯޓުގައި ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި ފުށިފަރުގެ މައި ކުންފުނި މުނި އެންޓަޕްރައިސަސްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން އަދި ބައެއް ޓޫރިސްޓުން ވެސް ބައިވެވި އެވެ.

ފުށިފަރު ރިސޯޓަށް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ބަލާ ވޯލްޑް ލަކްޒަރީ ތިން އެވޯޑެކެވެ. މި ވަނަތައް ދެނީ އެ ތަނުން ހިދުމަތް ހޯދާ މީހުންނާއި މި ދާއިރާގެ ޕްރޮފެޝަނަލް ޖަޖިން ޕެނަލަކުން ބެލުމަށްފަހު އެވެ.

މި ރިސޯޓަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑު ލިބިފައިވަނީ މި ސަރަހައްދުގެ ހޮޓާ/ ރިސޯޓުތަކާ ވާދަކޮށްގެންނެވެ. މި އެވޯޑުގައި ފުށިފަރަށް ލިބުނީ ލަގްޒަރީ "އިކޯ ރިސޯޓު" އެވެ. އަދި "ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑު" ލިބިފައިވަނީ އެހެން ގައުމުތަކުގެ ޕްރޮޕަޓީތަކުގެ ސްޕާތަކާ ވާދަކޮށްގެންނެވެ. މި އެވޯޑު ލިބުނީ ފުށިފަރު ހޭޅި ސްޕާ އަށެވެ. އަދި މި ރިސޯޓުގެ ރާކަނި ރެސްޓޯރެންޓަށް ލިބިފައިވަނީ "ލަގްޒަރީ ބީޗް ސައިޑް ރެސްޓޯރެންޓް" އެވޯޑެވެ.

ފުށިފަރު ރިސޯޓަށް ލިބުނު އެވޯޑުތައް

  • އިންޑިއަން އޯޝަން ލަގްޒަރީ އިކޯ ރިސޯޓް
  • ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑު
  • ލަގްޒަރީ ބީޗް ސައިޑް ރެސްޓޯރެންޓް އެވޯޑެ

ފުށިފަރު ރިސޯޓަށް ލިބުނު މިވަނަތަކާ ހަވާލުވެ ހަނދާނީ ފޮޓޯ ނަގަން ފުރުސަތު ދީފައިވަނީ މި ރިސޯޓަށް ރިޕީޓާސްގެ ގޮތުގައި އައިސްތިބި ބައެއް ޓޫރިސްޓުންނެވެ. މިގޮތުން މި އެވޯޑުތަކާ ހަވާލުވި ތިން ޓޫރިސްޓުން ވެސް ހަތަރު އަހަރުވީ މި ރިސޯޓަށް ހަ އެއްހަ ފަހަރު އައިސްފައިވެ އެވެ. މިއީ މި ރިސޯޓަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ސީޕްލޭންގައި 35 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ފުށިފަރު ރިސޯޓަކީ 63 ވިލާގެ ރިސޯޓެކެވެ. ބީޗް ސުވިމިން ޕޫލް ވިލާގިނަ މި ރިސޯޓުގައި ވޯޓާވިލާވެސް ހުރެ އެވެ.