ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު ނުލިބި ދެ ދުވަސް، ދިމާވީ ޓެކްނިކަލް މައްސަލައެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރު ހާމަކުރުން ފަސްވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތަފާސް ހިސާބު އެޗްޕީއޭއިން އާންމުކޮށްފައެއް ނުވެއެވެ.

އެޗްޕީއޭއިން ގެންދަނީ ޓްވިޓާ މެދުވެރިކޮށް އަދި ކޮވިޑް-19ގެ ޑޭސްބޯޑް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ބަލި ޖެހޭ މީހުންގެ އަދަދު ހާމަކުރަމުންނެވެ. އަދި ސައުވީސް ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރެވޭ ސާމްޕަލްގެ އަދަދާއި ބަލިން ރަނގަޅުވާ މީހުންގެ އަދަދާއި ފަސޭހަނުވެ ތިބި މީހުންގެ އަދަދާއި އެ ނޫންވެސް މައުލޫމާތު ހާމަކުރެއެވެ. އެ މައުލޫމާތުތައް ހާމަކުރަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި ހަޔަކުން އަނެއް ދުވަހުގެ ހަޔަކަށް އެއްކުރެވޭ ސާމްޕަލްތައް ޓެސްޓް ކޮށްގެންނެވެ. އެ މައުލޫމާތުތައް ކޮންމެ ރެއަކު 10 ޖަހާއިރު އާންމު ކުރެއެވެ.

ނަމަވެސް މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެ މައުލޫމާތުތައް ހާމަކުރެވިފައެއް ނުވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ ކޮވިޑް ނަންބަރު ހާމަކުރުން ފަސްވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެއީ ސިސްޓަމަކަށް އެންޓާ ކުުރުމުގައި ދިމާވެފައިވާ މައްސަލައެކެވެ.

"އެއީ ސާމްޕަލް ނެގުމާއި ކަލެކްޓްކުރުން އަދި ޓެސްޓްކުރުމުގައި މަރުހަލާގައި އޮތް އިޝޫއެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

އެޗްޕީއޭއިން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ކޮވިޑް ނަންބަރުތައް އާންމު ކުުރުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.