މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ކުޅުދުއްފުށި ޕޯޓު: ތަރައްގީގެ ޕްލޭނާއެކު އެމްޕީއެލްއިން ކުޅުދުއްފުށްޓައް

ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ހިންގާ ޕޯޓު ތަރައްގީ ކުރުމުގެ ޕްލޭންތައް ހިފައިގެން މިއަދު އެ ސިޓީއަށް ގޮސްފި އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ މިއަދު ކުޅުދުއްފުށީ ސިޓީއަށް އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓާއި ބޯޑް މެމްބަރުން ކުރި ދަތުރަކީ އެ ކުންފުނީގެ ކުޅުދުއްފުށީ ޕޯޓުގެ ތަރައްގީގެ ޕްލޭނާއި ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރި ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި ކުންފުނީގެ ސީނިއާ މެނޭޖްމަންޓުން ވަނީ ޕޯޓު ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ކައުންސިލާއި މަޝްވަރާކުރި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އެމްޕީއެލްއިން ދެމުންދާ ހިދުމަތް ފުޅާ ކުރުމަށް ސިޓީގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އެ ބޭފުޅުންނަށް ބަނދަރު ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތައް ވެސް އޮޅުން ފިލުވި ކަމަށް ވިދާޅުވި އެވެ.

ހުރިހާ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި އެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް އެމްޕީއެލްގެ މެނޭޖްމަންޓުން ބުނި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.