ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ދެ ދުވަހުގެ ނަންބަރަކީ 151

ކޮވިޑް-19 ގެ ޕޮޒިޓިވް ނަންބަރު ނުލިބި ދެ ދުވަސް ހޭދަވެގެން ދިއުމަށް ފަހު އެ ދެ ދުވަހުގެ ޕޮޒިޓިވް ނަންބަރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މި މަހުގެ 29 ވީ ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 98 މީހުން ކަމަށެވެ. އަދި ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައިވަނީ 53 މީހުން ކަމަށެވެ.

ހުކުރު ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 13 މީހުންނަކީ މާލެ ސަރަހައްދުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. 37 މީހުން ނިސްބަތްވަނީ އަތޮޅުތަކަށެވެ. ތިން މީހަކު ރިސޯޓްތަކަށެވެ.

ހޮނިހިރު ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 18 މީހެކެވެ. އަތޮޅުތަކުން 76 މީހެކެވެ. ރިސޯޓްތަކުން ހަތަރު މީހަކު ޕޮޒިޓިވްވިއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،764 އެވެ. މިހާތަނަށް 87،585 މީހަކަށް ބަލިޖެހުނުއިރު 85،565 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 29 މީހަކަށެވެ.

ކޮވިޑް ޖެހިގެން 243 މީހަކު ރާއްޖެއިން މަރުވެފައިވެއެވެ.