ދިރާގު

ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފި

Nov 1, 2021

ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ތައާރަފު ކޮށްފި އެވެ.

ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ތައާރަފު ކުރީ މިއަދު އެވެ. ޑޭޓާ ރޯލްއީވާ ތައާރަފު ކުރުމާއި އެކު އޮކްޓޫބަރު މަސް ނިމުންއިރު ހޯމް ފައިބާ ބްރޯޑްބޭންޑް ކަންޓަމަރުންގެ ޕެކޭޖްގައި ބޭނުން ނުކުރެވި ހުރި އެލަވަންސް އެއް ނޮވެންބަރު މަހުގެ އެލަވަންސް އާއި އެކު ހިމެނޭނެއެވެ. އަދި ކުރިއައް އޮތްތާގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވެންސް ޖެހިގެން އަންނަ މަހުގެ އެލަވަންސާއި އެކު ހިމެނިގެންދާނެއެވެ.

ރޯލްއޯވާ ކުރެވޭ ޑޭޓާ ބޭނުންކުރެވެނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. މިއީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާއިނުލައި އިތުރު ޑޭޓާ ބޭނުންކުރުނަށް ތައާރަފު ކުރި ހިދުމަތެއް ކަމަށްވެސް ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮއްދެމުންދާ އެންމެ ގިނަ އެލަވެންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ރާއްޖޭގެ ގޭބަސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.