ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަދު ހަނދާންކޮށް ދެނީ ކުރިއަށް، ދީނާއި ގައުމު ނެރެން: ރައީސް

ނަސްރުގެ ދުވަސް ހަނދާން އާ ކޮށްދެނީ، އަމިއްލަ އެދުމުގެ ކުރިޔަށް ގައުމީ މަސްލަހަތާއި ދީނާއި ގައުމުގެ ނެރުމުގެ މުހިންމުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނަސްރުންގެ ދުވަހު މުނާސަބަތުގައި ނެރުއްވި ހިތޯބެއް މެދުވެރި ކޮށެވެ.

ރައީސް ވިދާޅުވި ގޮތުގައި ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަމެވެ. އަދި އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ގައިއުމު ނެރެންޖެހޭ ކަމެވެ. އަދި އެ ހިތޯބުގައި ވިދާޅު ވެފައި ވެއެވެ:

"... ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންނެވެ. ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރެވެ. އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ގައުމުގައި އާލާވެ އިތުރުވަމުން ދާންޖެހެ އެވެ. ޝަހީދު ކޯޕްރަލް ހުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ގައުމީ ބަތޮލުން އެ ސާބިތުކޮށްދެއްވީ އެކަމެވެ."

މީގެ އިތުރުން ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އާ ކޮށްދެމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ ދުވަހު މި ގައުމަށް ދެއްކެވި ގައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށާއި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ދުވަހު ބައިނަލްއަގްވާމީ ދުނިޔެ ރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށެވެ.

"ހާއްސަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ގައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ހައްގު ޝުކުރު އަދާކުރަން ޖެހޭ." ރައީސްގެ ހިތޯބުގައި ވެއެވެ.