ނަސްރުގެ ދުވަސް

ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Nov 3, 2021
0%
0%
0%

ދިވެހި ސިފައިން ނަސްރުގެ ދުވަސް ފާހަގަކުުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓްކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ސިފައިންގެ އިސްވެރިންނާއި ރިޓަޔާޑް ސިފައިންނާއި ގިނަ އަދަދެއްްގެ ސިފައިންގެ ބޭފުޅުން ވެސް ބައިވެރިވި އެވެ.

ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ ކުރިމަތީގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ވެހެމުންދިޔަ ވާރޭގެ ތެރޭގަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރާއި ސިފައިން ބައިވެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

ނަސްރުގެ ދުވަހުގެ ހަރަކާތްތައް ސިފައިން ފެށީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މިއަދު ކުރި ފަތިސް ނަމާދަށްފަހު އެވެ. ނަމާދަށްފަހު ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު 4:15 ގައި ކަޅުތުއްކަލާ ކޮށި ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި "ވިކްޓަރީ ލެޕް"ގެ ނަމުގައި ސިފައިންގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތައް މިއަހަރު ވެސް އިންތިޒާމުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345