ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، ވޯލްޑް ޓްރެވަލް މާކެޓްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ވަޑައިގެންފި

Nov 3, 2021

ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ލަންޑަނަށް ވަޑައިގެންފި އެވެ.

ޑަބްލިއުޓީއެމް އަކީ ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް އިވެންޓެވެ.

ރައީސް ސޯލިހާއި އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން، ޑަބްލިއުޓީއެމް އަށް މި ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށް ދިޔަ މި އަހަރުގެ އދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގަތުމަށްފަހު އެވެ. މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ވެރިޔަކު މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހް ގްލާސްގޯ އަށް ވަޑައިގެންނެވީ ދުބާއީގައި ބޭއްވި ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިނުގެން ސީދާ ދުބާއީންނެވެ.