ރައީސް އޮފީސް

އިނގިރޭސިވިލާތާއި އެމެރިކާ ސަފީރުކަމަށް ބޭފުޅުން އައްޔަން ކޮށްފި

އެމެެރިކައާއި އިގިރޭސިވިލާތުގެ ސަފީރުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ. މިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ހެންވޭރު އަމީނީގޭ ޑރ. ފަރަޙްނާޒް ފައިސަލް އާއި މ. ނޫހިރި، ތިލްމީޒާ ހުސައިނެވެ

މި ބޭފުޅުންގެ ތެރެއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު ކަމަށް ތިލްމީޒާ ހުސައިނަށް ސަފީރުކަމުގެ މަގާމު އެރުވުމުގެ ކުރިން ހުންނެވީ، ނިއުޖާސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސާ އޮފް ސަސްޓެއިނެބިލިޓީގެ މަގާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާ މަގާމުގަ އެވެ.

ތިލްމީޒާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑާގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަގާމު އެރުވި ޑރ. ފަރަހަނާޒް ފައިސަލަކީ މީގެ ކުރިން ޑެންމާކް، ފިންލޭންޑް ފްރާންސް ނޯވޭ، ސްޕެއިން ސްވިޑެންއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ނަން- ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ފަރަޙްނާޒް ފައިސަލް އަކީ އިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލް އިން ޕޮލިޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.