ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

މާލެއާ އަތޮޅުތަކުގެ ކޮވިޑް ނަމްބަރު މައްޗަށް

Nov 3, 2021

ކޮވިޑް ބައްޔަށް ރާއްޖެއިން މިއަދު 219 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު އަލަށް ބަލި ޖެހުނު މީހުނާއެކު ރާއްޖޭގައި ކޮވިޑް ބަލިޖެހިފައިވާ މީހުންގެ ނަންބަރު 88،277 އަށް މިހާރު އުފުލިފައި ވެއެވެ.

އެޗްޕީއޭއިން ކޮވިޑްގެ ނަމްބަރުތައް މިރޭ ދިނީ ރެއިން ފެށިގެން މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކަށް ބަލައިގެނެވެ. އާންމު ކުރި އެ ނަމްބަރުތަކަަށް ބަލާއިރު މިއަދު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 29 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަދި މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 173 މީހުނަކީ މީހުން އަތޮޅުތަކުގެ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި މީހުނެވެ. ރާއްޖޭގައި ހިންގާ ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 17 މީހެކެވެ.

އިއްޔެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ 143 މީހެކެވެ. އޭގެ ތެރެއިން 23 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަދި ޕޮޒިޓިވް މީހުންގެ ތެރެއިން 117 މީހުން އެއީ ރަށްރަށުންނެވެ. ރިސޯޓްތަކުން ތިން މީހެކެވެ.

މިއަދުގެ ކޮވިޑް ނަމްބަރުތައް

  • މާލޭ ސަރަހައްދު: 29
  • އެހެން ރަށްރަށް: 173
  • ރިސޯޓްތައް: 17
  • ޓެސްޓް ކުރި އަދަދު: 4،069
  • އެޗްޕީގެ ބަންދުގައި: 23 ރަށް

ކޮވިޑް ބަލީގައި ބިދޭސީން ވެސް ހިމެނޭ ގޮތަށް މިހާތަނަށް ރާއްޖެއިން 243 މީހަކު މަރުވެފައި ވެއެވެ.

ކޮވިޑް ޖެހުމަށް ފަހު 86،040 މީހަކު ބަލީން ގަދަވެފައިވެ އެވެ. އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދާ 33 މީހަކު އެބަތިއްބެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 394،699 މީހުން ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވެ އެވެ. ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ނަމްބަރަކީ 358،744 މީހުނެވެ.