އެމްއޭސީއެލް

ވީއައިއޭގެ އާ އޭޕްރަން ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހުޅަނގު އޭޕްރޮން ބޮޑުކޮށް އަލަށް ހެދި ބައި ރަސްމީކޮށް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭގެ ހުޅަނގު ސަރަހައްދުގައި ގާއިމުކުރި "އޭޕްރަން 3ބީ" މިއަދު ހަވީރު ހުޅުވައި އެތަން ބޭނުންކުރަން ފެށުމުގެ ގޮތުން އިންޑިއާއިން ރާއްޖެއައި މޯލްޑިވިއަންގެ އެއާބަސް 320 ގެ މަތިންދާބޯޓު އެ ސަރަހައްދުގައި ވަނީ ޕާކުކޮށްފަ އެވެ. އަދި އެ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއްވެސް އެރުވި އެވެ.

އަަލަށް ހުޅުވި އޭޕްރޮންގައި ނުވަ އެއާކްރާފްޓް ޕާކުކުރެވޭ އިރު އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކަށް ވެސް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އާ އޭޕްރޭން ބޭނުންކުރަށް ފެށުމުގެ ކުރިން އެތަން އައިސޯއޭއޯގެ ސަލާމަތީ މިންގަނޑުތަކަށް ފެތޭތޯ ބަަލަން މިދިޔަ މަހު ވަނީ ޓެސްޓުވެސް ކޮށްފައެވެ.

ވީއައިއޭގައި މިހާރު ހިދުމަތް ދެމުންދަނީ އުތުރު އެޕްރޮންއާއި އިރުމަތި އަދި ހުޅަނގު އޭޕްރޮންއިން އެވެ.

އެމްއޭސީއެލްއިން ބުނީ އަލަށް ހުޅުވި އޭޕްރޮންއާއެކު އެމްއޭސީއެލްގެ ހިދުމަތްތައް އަވަސްވެފައި ފަސެންޖަރުންނަށް ކުރިއަށްވުރެ ބޮޑަށް ފަސޭހަވާނެ ކަމަށެވެ.