ސްރީލަންކަން އެއާލައިންސް

ސްރީލަންކަންގެ އައްޑޫ ދަތުރުތައް ޑިސެމްބަރު 4ގައި

Nov 5, 2021

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަލުން އައްޑޫ އަށް ފެށުމަށް ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަހު މެދުކަނޑާލާފައި އޮތުމަށްފަހު ދަތުރުތައް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ކުރިން ފަށަން ނިންމީ މި މަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން ޑިސެމްބަރަށް ފަސްވީ ކަމަށް ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަނުން ބުނެފައިވެ އެވެ.

ސްރީލަންކަން އެއާލައިންސްގެ އައްޑޫ ދަތުރުތައް ފެށުމާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތަކުން ޑޮމެސްޓިކް ކަނެކްޓިވީގެ ހިދުމަތް ދިނުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ މީހުންނަށް ހުވަދޫ އަދި މާލެ އަށް ދަތުުރުކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ އެވެ.

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ.