ރާއްޖެ ކުޅިވަރު

ސިފައިން ބަލިކޮށް، ޕޮލިހާއި މޯލްޑިވިއަން ގަދަ ހިފުމަކަށް

ސިފައިން އަތުން މޮޅުވި ދެ ޓީމު ކަމަށްވާ މޯލްޑިވިއަން އާއި ޕޮލިސް ކުލަބު ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް މިރޭ ވާދަކުރާނެ އެވެ.

އިއްޔެ ރޭ ސިފައިން އަތުން ޕޮލިސް 3-2ސެޓުން މޮޅުވި އިރު ރޭ ސިފައިން އަތުން މޯލްޑިވިއަން މޮޅުވީ 3-1ސެޓުންނެވެ.

މިހެންވެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ މިރޭ މި ދެ ޓީމު ކުޅޭ މެޗަށް ފަހު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓް މޯލްޑިވިއަން ގެންދިޔައީ 25-21 އަދި 25-23 އިންނެވެ. ތިން ވަނަ ސެޓް ސިފައިން ހޯދީ ޕޮލިހަށް 15 ދީފަ އެވެ. އެކަމަކު ޖެހިގެން އައި ހަތަރު ވަނަ ސެޓް 32-30 އިން ކާމިޔާބު ކުރީ ޕޮލިހެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ އިސްމާއީލް ސާޖިދެވެ.

ގައުމީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ސެމީ ފައިނަލް މެޗެއް ކުޅެގެން މޮޅުވާ ޓީމަކަށެވެ. މި މެޗުގައި ސިފައިންނާ ދެކޮޅަށް ކުޅޭނީ މިރޭގެ މެޗުން ބަލިވާ ޓީމެކެވެ.