ވިޒިޓް މޯލްޑިވްސް

ރާއްޖެ އިޝްތިހާރުކުރަން އެމެރިކާގެ ޓީމެއް

ރާއްޖެ އިޝްތިހާރު ކުރަން އެމެރިކާގެ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސް އިން ގެނެސްފި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ އެ މީހުން ގެނެސްފައިވަނީ އެމެރިކާ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރަން ކަމަށެވެ.

މި ދަތުރަށްފަހު އެ ޓީމުން ރާއްޖޭގައި ކުރާ ތަޖުރިބާތަކާ ބެހޭ ފޮޓޯ، ވީޑިއޯ އަދި އާޓިކަލްތައް އެކި ޕްލެޓްފޯމްތަކުގައި ޝާއިއުކުރާނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ކޮކޯ ބޮޑު ހިތި ރިސޯޓް، ޔޮޓް މޯލްޑިވްސް އަދި ރީތި ބީޗް ރިސޯޓްގައި ކަމަށެވެ.

އެޓީމުން ރާއްޖޭގެ މެހްމާންދާރީ ތަޖުރިބާކޮށް، ރިޒޯޓުތަކުގައި ލިބެން ހުންނަ ސްޕާ، ވޯޓާ ސްޕޯޓްސް، ސްނޯކްލިން ފަދަ ހިދުމަތްތައް ތަޖުރިބާ ކުރުމާއެކު އަދި އެ ރިޒޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައްވެސް ތަޖުރިބާކުރާނެ އެވެ.

އެމެރިކާގެ މީޑިއާ ޓީމު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.