ޓެކްނޯލޮޖީ

ގޫގުލްއިން އެލްޖީއަށް މަލާމާތް ކުރަނީ!

އެލްޖީގެ ނަމުގައި ސްމާޓްފޯން ދެން ނުއުފައް ދާނެ ކަމަށް ދެކުނު ކޮރެއާގެ އެލްޖީ ކުންފުނިން އޭޕްރީލް 5، 2021 ގައި އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް ސްމާޓްފޯން އުފައްދާ އެހެން ކުންފުނިތަކަށް ޑިސްޕްލޭ އާއި ބެޓެރީ ފަދަ ބައިތައް އެލްޖީން އަދި ވެސް އުފައްދައި ދެއެވެ.

އެލްޖީން ސްމާޓްފޯން މާކެޓް ދޫކޮށްލުން ވެގެން ދިއައީ އެލްޖީ މަރުކާގެ ފޯނުތަކަށް ދެވި ހިފާފައި ތިބި ސަޕޯޓަރުންނަށް ލިބުނު ހިތާމައަކަށެވެ. އެލްޖީ ސްމާޓްފޯންތަކުގައި ފަހަކަށް އައިސް މާ މޮޅުތަކެއް ނެތް ނަމަވެސް އެކަށީގެންވާ އަގުގައި ރަނގަޅު ފޯނުތަކެއް ވަނީ މާކެޓަށް ނެރެފަ އެވެ.

ގޫގުލްގެ ޕިކްސެލް ފޯނުތަކަށް ވެސް މާބޮޑު ކާމިޔާބެއް ލިބޭތީ މިފަހަކުން ނުފެނެ އެވެ. އެހެން ނަމަވެސް އެލްޖީއަށް ނިސްބަތްކޮށް ޕިކްސެލް ފޯނުތައް މާކެޓް ކުރަން ގޫގުލުން ކުރި މަލާމާތަކުން ޕިކްސެލް ފޯނުތަކުގެ ވިޔަފާރިއަށް ރަނގަޅު ގޮތެއް ވެދާނެ ކަމަށް ބެލެވެ އެވެ.

ގޫގުލުން ބުނީ އެލްޖީ ފޯނުތައް ހުއްޓާލުމަކީ ޕިކްސެލް ފޯނުތަކަށް ބަދަލުވާން ރަނގަޅު ދަނޑިވަޅެއް ކަމަށެވެ. ޕިކްސެލް ފޯނުތަކަށް ބަދަލުވުން ރަނގަޅު ކަމަށް ދައްކަން 113 އަށް ވުރެ ގިނަ ސަބަބަށް ކިޔައި ދެވިދާނެ ކަމަށެވެ.

ގޫގުލުން ދޭ ނަސޭހަތަކީ ތިޔަ ބޭނުންކުރާ ފޯނު އުފެއްދި ކުންފުނިން ފޯނު އުފެއްދުން ހުއްޓާލުމުން ދެން ބޭނުން ކުރަން އެންމެ ރަނގަޅު ފޯނަކީ ގޫގުލް ޕިކްސެލް ކަމަށެވެ.

ގޫގުލުން ޕިކްސެލް ހައެއް ނެރެވި އެވެ. ވާދަކުރަން އެދެނީ ސެމްސަންގް އަދި އެޕަލްއާ އެވެ. ޕިކްސެލް ފޯނުތައް ބޭނުންކުރާ މީހުން ބުނަނީ އެމީހުން ބުނާ ކުރިއެރުންތައް ޕިކްސެލް ފޯނުތަކުގައި ގޫގުލުން ހިމަނާ ނަމަ ސެމްސަންގާއި އެޕަލް ވައްޓާލަން އެމީހުން ވެސް ގޫގުލްއާ ބައިވެރިވާނެ ކަމަށެވެ.