ހއ. ދިއްދޫ ހުޅަނގު ފަރާތު ފަޅުތެރެއަށް ވަން ރާގޮނޑި އައިނަކުން މަސް ހިފޭ ގޮތް ނުވަނީސް އައިނ ފަޅުން ނުކުމެގެން ހިނގައްޖެ އެވެ.
އެ ރަށުގެ ފަޅު ތެރެއަށް ރާގޮނޑި އައިން ވަނުމާއި އެކީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ދާ ޖަހައިގެން މަސް ހިފޭތޯ މަސައްކަތްކުރި އެވެ. އަދި ދެ ޑިންގީގަ އާއި މޫދަށް އެެރިންގެން ވެސް މަސް އައިން އެއްގަމަށް އެރުވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ރާގޮނޑި އައިން ފަޅުން ނުކުމެގެން ދިޔައީ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މަސް އައިން އަތު ނުވީ ވިއްސާރައިގެ ސަބަބުން މަސް ހިފަން ނުކުތް މީހުން މަދުވުމުން ކަމަށެވެ. ހެނދުނު 9:00 އިން ފެށެގެން އަދިވެސް އެރަށަށް ބޯކޮށް ވާރޭ ވެހެމުންދެ އެވެ.
ނަމަވެސް ދާ ޖަހައިގެން މަސް ހިފަން ކުރި މަސައްކަތުން 50 ރާގޮނޑި ހިފުނު ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. މަސް ހިފަން އުޅުނު ބައެއް މީހުން ބުނިގޮތުގައި ނުކުތް މީހުންނަށް އެކަން ކުރާނެ ގޮތް ވެސް މާރަގަޅަށް ނޭނގުނީ އެވެ.