ސްރީލަންކާ

ފޯނޭޝަންސް ކަޕް: ދިވެހިންނަށް ޓިކެޓް ވިއްކާނީ 5،000އަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
0%
0%
0%

ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް އިންޓަނޭޝަނަލް ޓޯނަމަންޓްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ވިއްކަން ނިންމާފައިވާ ކަމަށް ސްރީލަންކާގެ ފުޓްބޯޅަ އިދާރާއިން ބުނެފި އެވެ.

ފޯނޭޝަންސް ކަޕްގައި ބައިވެރިވާނީ ހަތަރު ޓީމެކެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލަންކާ، ރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.

ލަންކާގެ ފުޓްބޯޅަ އިދާރާއިން ރޭ ބުނީ ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށެވެ.

ޓިކެޓް ވިއްކާނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންނާއި މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރުންނެވެ. މިއަދާއި މާދަމާވެސް އެ މެޗުގެ ޓިކެޓް ވިއްކާނެ އެވެ. މިއަދު ޓިކެޓް ވިއްކާނީ ހަވީރު ތިނަކުން ހަޔަކަށެވެ. އަދި މާދަމާ ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެނެވެ.

އެ އިދާރާއިން ބުނި ގޮތުން ދިވެހިންނަށް ވިއްކާނީ ކަނޑައެޅޭ ވަކި އަދަދެއްގެ ޓިކެޓެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓް ލަންކާގެ ރައްޔިތުންނަށް 200 ރުޕީސްއަށް ވިއްކި ނަމަވެސް ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ނިންމާފައިވަނީ 5،000 ރުޕީސްއަށެވެ. އަދި ދަނޑަށް ވަދެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށްވެސް ބުންޏެވެ.

ސާފް ޗެންޕިއަންޝިޕްގެ ހިތްދަތި ހަނދާންތައް ނައްތާލަން މި މުބާރާތަކީ ރާއްޖެއަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ދިވެހި އެފްއޭއިން ދެކެ އެވެ. މުބާރާތުގައި ކުޅެން ރާއްޖޭގެ ގައުމީ ޓީމު މިހާރު ތިބީ ލަންކާގަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345