ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެއާއި ބަންގްލަދޭޝް އެކުވެރިކަމުގެ ދެ މެޗު ކުޅެނީ

މީގެ ކުރިން ރާއްޖެ އަދި ބަންގްލަދޭޝް ވާދަކުރި މެޗެއްގެ ތެރެއިން
0%
0%
0%

ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝްގެ ގައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ނިންމައިފި އެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ އިއުލާނުކުރި ގޮތުގައި މި ދެ މެޗު ކުޅޭނީ އަންނަ މަހުގެ 13 އާއި 16 ގައި ބަންގްލަދޭޝްގަ އެވެ. މިއީ އަހަރެއްހާ ދުވަސް ފަހުން ދިވެހި ގައުމީ ޓީމުން ކުޅޭ މެޗު ތަކެކެވެ.

އެންމެ ފަހުން ދިވެހި ގައުމީ ޓީމުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިން ތެރޭގަ އެވެ.

މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަންގްލަދޭޝް ވަނީ 2-1 އިން މޮޅުވެފަ އެވެ.

އެކުވެރިކަމުގެ މި މެޗުތަކުގައި ހައުމީ ޓީމަށް އިރުޝާދު ދޭނީ ކޯޗު އަލީ ސުޒޭން އެވެ.

މި ވަގުތު ދިވެހި ފުޓްބޯޅަ އޮތީ ހުއްޓުމެއްގެ ތެރޭގަ އެވެ. އެފްއޭއެމްގެ ހިންގުން ވަނީ ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ސީޒަނަށްފަހު ދިވެހި ޕްރިމިއާ ލީގުވެސް އަދި ބާއްވާފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
May
SunMonTueWedThuFriSat
27282930123456789101112131415161718192021222324252627282930311234567