އެމްޓީސީސީ

ރަސްމާދޫ ބަނދަރު ހަދަން ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު

Nov 7, 2021
2

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި އެކްސްކަވޭޓަރު މިހާރު ވަނީ ހާޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރު ބޭސިންއަށް ގެންގޮސްފައި ކަމަށެވެ.

ރަސްމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 8،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން އެރަށު ބަނދަރުގައި ނެރު ބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 28.1 މިލިއަން ރުފިޔާ އެވެ.