ރަސްމާދޫ

ރަސްމާދޫ ބަނދަރުގެ 75 ޕަސެންޓް ނިމިއްޖެ

އެމްޓީސީސީން ރ. ރަސްމާދޫގައި ހަދަމުންދާ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ އެވެ.

އެމްޓީސީސީން ބުނީ ރަސްމާދޫގެ ބަނދަރުގެ 75 ޕަސެންޓް މަސައްކަތް ނިންމައިި ރަށުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ރަސްމާދޫގައި ބަނދަރު ހަދަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2019 އަަހަރުގެ ޑިސެމްބަރު ބަހު އެވެ.

މި މަސައްކަތް ހަވާލުކުރީ 28.1 މިލިއަން ރުފިޔާ އަށެވެ. ކޮވިޑާ ގުޅިގެން މިދިޔަ ދުވަސްތަކުގައި ބަނދަރުގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

މި މަޝްރޫއުގައި 8،100 މީޓަރުގެ ސަރަހައްދެއް ފުން ކުރަންޖެހެ އެވެ. އަދި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަމީޓަރުގެ ސަރަހައްދެއްގައި ބަނދަރާ ގުޅިފައިވާ ދުވާރު ހެދުމާއި، މަގުބައްތި އާއި ނެރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ