ރަސްމާދޫ

ރަސްމާދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓް ދީފި

ރ. ރަސްމާދޫގައި އެމްޓީސީސީން ހަދަމުން އަންނަ އެ ރަށު ބަނދަރު މަސައްކުގެ އަޕްޑޭޓޭއްް އެ ކުންފުނިން ދީފި އެވެ

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުނިން އަތޮޅުތަކުގެ ރަށްރަށުގައި ހިނގާ ސަރުކާރު ޕްރޮޖެކެޓްތަކުގެ ތަފުސީލްތައް ކޮންމެ ދުވަކު ވެސް މަސައްކަތުގެ ޕަސެންޓުން އަޕްޑޭޓް ކޮށްދެ އެވެ. އެ ކުންފުނިން ޓްވިޓާ މެދުވެރިކޮށް މިއަދު އަޕްޑޭޓް ކޮށްދީފައި ވަނީ ރަސްމާދޫ ބަނދަރުގެ މަަސައްކަތެވެ.

ވިޔަފާރިކޮށްގެން މިދިއަ އަހަރު ބޮޑު ފައިދާއެއް ހޯދި އެ ކުންފުނިން ބުނީ އެ ރަށު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ. މިހާރު އެ ބަނދަރުގެ އެއްގަމު ތޮށި އާ ކުރަން، ކުރީގެ ތޮށިގަނޑު ތަޅާލުމުގެ މަސައްކަތް ކުރާ ކަމަށާއި ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

ސަރުކާރުން 18.7 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ރަސްމާދޫ ބަނދަރު ހަދަނީ ކުރަނީ 8،100 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރާ ގޮތަށެވެ. އަދި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި އާއި މަގުބައްތި ޖަހާނެ އެވެ.