ރަސްމާދޫ

ރަސްމަދޫ ބަނދަރުން ބައެއް ނިންމައިފި

Sep 23, 2020

ރ. އަތޮޅު ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އަޕްޑޭޓެއް މިއަދު އެމްޓީސީސީން ހިއްސާކޮށްފި އެވެ.

އެމްޓީސީސީން އާދަވެ ކޮންމެ ދުވަހަކުވެސް އެ ކުންފުނިން ހިންގާ ޕްރޮޖެކްޓް ތަކުގެ އަޕްޑޭޓް ހިމެނޭ ގޮތަށް ޓްވީޓްތަކެއް ކުރެ އެވެ. މިއަދު ބުނެފައި ވަނީ ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުން މިހާރު 11 ޕަސެންޓް ނިމިއްޖެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 10 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ ޑިސެމްބަރު 10، 2019 ގަ އެވެ.