މޯލްޑިވްސް ޕޮލިސް ސާވިސް

ޕޯސްޓްމޯޓަމަށް ފަހު ޕިލިޕީންސް ނަރުސްގެ ހަށިގަނޑު ގެނެސްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ފުލުހުން މިއަދު ބުނީ މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ފަހު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕޯސްޓްމޯޓަމް ރިޕޯޓްގެ މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަަށްވެސް ބުންޏެވެ.

އަމިއްލައަށް މަރުވި ކަމަށް ބުނާ މި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގައި ކަމަށް އެނގިފައިވެ އެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ.

މި ހާދިސާއަށްފަހު މޭރީގެ ފިރިމީހާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،