މޯލްޑިވްސް ޕޮލިސް ސާވިސް

ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރު ކޮށްފި

މިސްކިތަކަށް އަރާ ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިބްރާހިމް މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިބްރާހިމް މިސްކިތަށް އަރާ ހަތިމަށް ކުޅުޖެހި މީހާ ފުލުހުންނާއި ހަވާލުކުރީ މިސްކިތުގައި ތިބި މީހުންނެވެ.

މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖަހައިގެން ހައްޔަރު ކުރީ މިސްކިތްތަކަށް އަރާ ކުޑަކަމުދިޔަ މައްސަލާގައި މީގެ ކުރީން ހައްޔަރު ކުރި މީހާ އެވެ. އެ މީހާ ދެ ފަހަރެއްގެ މަތިން ތިން މިސްކިތަކަށް ވަދެ ކުޑަކަމުގޮސްފައިވާއިރު ކޮންމެ ފަހަރަކުވެސް ހައްޔަރުކޮށް ދޫކޮށްލަނީ އެވެ.