ސްރީލަންކާ

ލަންކާއަށް މޫސުން ގޯސްވެ މުބާރާތް ފަސްކޮށްފި

Nov 8, 2021

"ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުން ފަސްކޮށްފި އެވެ. މުބާރާތް ފަސްކުރީ ލަންކާގެ މޫސުން ގޯސްވުމާއި ގުޅިގެންނެވެ.

ލަންކާގެ ފުޓްބޯޅަ އިދާރާއިން ބުނީ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެއްސި ނަމަވެސް އެ މުބާރާތް ފެށުން މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ.

ކުރީން އޮތީ ރާއްޖެ-ލަންކާ މެޗުން މުބާރާތް ފަށާ ގޮތަށެވެ. ލަންކާ އެފްއޭއިން ބުނީ މުބާރާތް އެއް ދުވަހަށް ފަސްކުރީ މޫސުން ގޯސްވުމުން ކަމަށެވެ.

މި ދުވަސްވަރަކީ ލަންކާގެ މޫސުން ގޯސް ދުވަސްވަރެކެވެ. މިއަދު ހެނދުން ފެށިގެން އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުން ދެއެވެ. އެކަމާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ.