މޯލްޑިވްސް ޕޮލިސް ސާވިސް

ނަރުސް މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަަށް ނުބެލެވޭ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އަމިއްލައަށް މަރުވި ކަމަށް ބުނާ މި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

އަދި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. ފުލުހުން ދެންމެ ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގައި ކަމަށް އެނގިފައިވެ އެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެކެވެ.

މި ހާދިސާއަށްފަހު މޭރީގެ ފިރިމީހާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،