ބޮންޑެ އިބްރާހިމް ރަޝީދު

ފްލެޓްތައް އަޅަނީ ބަޖެޓަށް ކެތް ނުވާވަރަށް: ބޮންޑޭ

ދައުލަތުން ހައުސިން ޔުނިޓްތައް އަޅަމުން ދަނީ ބަޖެޓަށް ކެތް ނުވާވަރަށް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގަ އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އަޅަން ޕްލޭން ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ހުރެ ދައުލަތުގެ ހަަރަދު އިންތިހާއަށް ބޮޑުވެގެން ހިނގައްޖެ ކަމަަށެވެ.

އެގޮތުން އޭނާ ފާހަކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އަޅަން ނިންމާފައިވާ 4000 ހައުސިން ޔުނިޓާއެކު ޖުމްލަ 11،000 ހައުސިން ޔުނިޓް އަޅަން ކުރަން ޖެހޭ ބޮޑު ހޭދަ އެވެ.

"ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން ފަދަ ކުންފުނިތަކަށް ކިހާ ފައިސާއެއްތޯ މި ދެެވެނީ" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ކުންފުނިތަކުން އަމިއްލަ ފައިސާއިން ފްލެޓްތައް އަޅަން ޖެހުމުން އެފަދަ ކުންފުނީގެ ފައިދާ ދައްވެ ހިދުމަތްތުގެ ފެންވަރު ދަށްވާ ކަމަށެެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ އެމްޕީއެލްއިން ފްލެޓްއަޅަން 400 މިލިއަން ހޭދަކުރުމުން އެ ކުންފުނީގެ ހިދުމަތްތައް ދަށްވެގެން ދިއުމެވެ.

އޭނާ ވިދާޅުވީ ބަޖެޓުގެ ސިޔާސަތަކަށް ވާން ޖެހޭނީ ލިބޭ އެއްޗަކާ ހޭދައާ އަޅާކިޔައި މިނުމަށްފަހު ކަމަށާއި ދައުލަތަށް ނުލިބޭ މިންވަރަަށް ހޭދަކުރުން ނޫން ކަމަށެވެ.

"ނިމިގެން ދިޔަ ވެރިކަމުގައި ވެސް ދައުލަތަށް ނުލިބޭ މިންވަރަަށް ވޯޓުން ބަލިވީމަ ވެސް ވައުދު ވަނީ. ވޯޓުން ބަލިވީމަ ވެސް ޕްރޮޖެކްޓްތައް ހިންގަން އުޅެނީ. އެހެންވީމާ ދައުލަތަށް ލިބޭ މިންވަރަަށް ވުރެ ބޮޑަށް ހޭދަކުރަންވީމާ އަދި އެ ހޭދައަކީ ބޭރު ދައުލަތްތަކުން ދަރަންޏަށް ނަގައިގެން ދައުލަތުގެ އެސެޓްތައް ރަހުނުކޮށްފަ މަގުމަތިން ވިއްކަމުން ދިޔައީ ސޮވެރިން ގެރެންޓީ،" ބޮންޑޭ ވިދާޅުވި އެވެ.