ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 246 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދެންމެ ބުނީ މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިޓީގައި އޮތް މީހަކެވެ.

އެޗްޕީއޭއިން މި މައުލޫމާތު އާންމުކުރީ ދެންމެ ނަމަވެސް އެ މީހާ މަރުވި ކަމަށް ބުނެފައިވަނީ ހެނދުނު 11:55 ގައެވެ.

މި މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު 246 އަަށް އެރީއެވެ.

ރާއްޖެއިން ކޮވިޑްގައި އިތުރު މީހަކު މަރުވިއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ދަނީ މަތިވަމުންނެވެ.

އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 89 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 40 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،117 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،026 މީހުންނެވެ. މިހާތަނަށް 86،682 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.