ދިރާގު

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ފިލްމް ވޯކްޝޮޕެއް ފަށައިފި

Nov 10, 2021
"ފިލްމް ފޯ ޗެންޖް: ކްލައިމެޓް އެޑިޝަން" ވޯކްޝޮޕްގެ ބައިވެރިން -- ފޮޓޯ: ދިރާގު
0%
0%
0%

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ފިލްމް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި އެވެ.

"ފިލްމް ފޯ ޗެންޖް: ކްލައިމެޓް އެޑިޝަން"ގެ ނަމުގައި އިއްޔެ ފަށާފައިވާ މި ވޯކްޝޮޕް 10 ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީއާ އެކު ކުރިއަށްގެންދާ "ފިލްމް ފޯ ޗޭންޖް" ވޯކްޝޮޕްގައި މިއަހަރު ދަސްކޮށްދޭނީ ރާއްޖެއަށް މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތަކަށް ކުރު ފިލްމު އުފައްދަން ކަމަށް ދިރާގުން ބުންޏެވެ.

މި ވޯކްޝޮޕްގައި ފޯނު އަދި ޓެބްލެޓް ބޭނުންކޮށްގެން ފިލްމު އުފެއްދުމަށް ދަސްކޮށްދޭނެ އެވެ.

ވޯކްޝޮޕްގައި ބައިވެރިންވާ މީހުން ގްރޫޕްތަކަށް ބަހާލައިގެން ކުރު ތިން ފިލްމް އުފެއްދުމަށް ނިންމާފައިވެ އެވެ. އަދި ބައިވެރިން އުފައްދާ ފިލްމްތައް ސޯޝަލްމީޑިއާގައި އާންމު ކުރާނެ އެވެ.

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ވޯކްޝޮޕްގެ ސަބަބުން ޒުވާން ކުދިންނަށް އެމީހުންގެ އަޑު އުފުލުމަށް ތަފާތު ގޮތްތައް ދަސްވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ވޯކްޝޮޕުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރު ކަންކަން ދަސްވެ އަދި ހޭލުންތެރިވުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910