އަލިފާން

ހުޅުމާލެ ރޯހައުސް އެއްގައި ރޯވެއްޖެ

Nov 12, 2021

ހުޅުމާލެ ރޯހައުސްއެއްގައި ރޯވެއްޖެ އެވެ.

ރޯވެފައި ވަނީ ހުޅުމާލެ ހިތިގަސްމަގުގެ ހަވަނަ ގޯޅީގައި ހުރި ރޯހައުސްއެއްގަ އެވެ. ރޯވެފައި ވަނީ އެ ރޯހައުސްގެ ތިން ވަނަ ފަންގިފިލާގަ އެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސިފައިންގެ އިން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ 4:00 ހާއިރު އެވެ. 4:27 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށް ސިފައިންގެއިން މައުލޫމާތު ދެއެވެ. އަދި އަލިފާނުގެ ސަބަބުން ގެއްލުން ލިބިފައި ވަނީ ކިހާ ވަރަކަކަށް ކަމެއް ވެސް އަދި ސާފެއް ނޫނެވެ.