އަބްދުﷲ ޝަމާލް

ޝަމާލް، ޔޫއޭއީ އަށް ފުރާވަޑައިގެންފި

Nov 13, 2021
1

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ޝަމާލްގެ މިދަތުރުފުޅަކީ ޔޫއޭއީގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ލެފްޓިނަންޓް ޖެނެރަލް ހަމަދު މުހައްމަދު ސާނީ އަލްރުމައިތީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމްއެންޑީއެފުން ބުނީ ޝަމާލްގެ ދަތުރުފުޅުގައި ދުބާއީގައި މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ދުބާއީ އެއާޝޯ 2021" ގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސާވިސް (ޖޭ1)ގެ ޕްރިންސިޕަލް ޑައިރެކްޓާ، ލެފްޓިނަންޓް ކާނަލް މުހައްމަދު ފިރުދައުސްއާއި ބިޔުރޯ އޮފް ޗީފް އޮފް ޑިފެންސް ފޯސްގެ ސްޓާފް އޮފިސާ، މޭޖާ މުހައްމަދު ޝިނާން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.