ތިން ސެޓް ދެ ސެޓުން ޕޮލިސް ބަލިކޮށް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ސިފައިން މިރޭ ދަތުރުކޮށްފި އެވެ.
ފައިނަލުގެ ފަހު ޖާގަ ސިފައިން ހޯދުމުން މާދަމާ ބުދަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި އެ ޓީމާ ވާދަކުރާނީ މޯލްޑިވިއަން އެވެ. އެ ޓީމު ފައިނަލަށް ދިޔައީ ލީގު ބުރުގެ ފަހު މެޗުގައި ޕޮލިސް ބަލިކޮށްފަ އެވެ.
ގައުމީ މުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް އޮޓެމެޓިކުން ފައިނަލަށް ދެވޭނެ އެވެ. ޕޮލިހާއި ސިފައިން މިރޭ ފައިނަލުގެ ފަހު ޖާގަ ހޯދަން ވާދަކުރަން ޖެހުނީ ތިން ވަނަ ސިފައިންނަށް އަދި ޕޮލިހަށް ދެ ވަނަ ލިބުމުންނެވެ.