ބިލިޔާޑްގައި ރާއްޖޭގެ ގައުމީ ރޭންކިންގެ 1 ވަނަ ޖައްސަޖައްސައިގެން ތިން ވަނަ ފަަރަށް ހަސަން ޝާޒު މުހައްމަދު ހޯދައިފި އެވެ.
ބިލިޔާޑް ގައުމީ ރޭންކިންގެ 1 ވަނަ ޝާޒުއަށް ލިބިފައި ވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ނެޝަނަލް ބިލިއާޑް ސެންޓަރުގައި ބޭއްވި 8 ބޯލް، 10 ބޯލް އަދި 9 ބޯލް ކަޕުތަކުން ލިބުނު ޕޮއިންޓުންނެވެ.
މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގައި ޝާޒައަށް ވަނީ 120 ޕޮއިންޓް އަދި 27 އެފްޑީ ލިބިފައެވެ.
ބިލިއާޑް ސެންޓަރުގައި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒު ހޯދާފައި ވަނީ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.
އެ މެޗުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޝާޒު ވަނީ މުހައްމަދު ޝަރީފްއާ ވާދަކޮށް 9-5 ފްރޭމުން މެޗު ކާމިޔާބުކޮށްފައެވެ. އެއާއެކު ޤައުމީ ރޭންކިންގެ 1 ވަނަ އާއި ގާތަށް ދިއުމަށް އެ މެޗުން 150 ޕޮއިންޓް އަދި 29 އެފްޑީ ޝާޒައަށް ލިބިގެން ދިޔައެވެ.
ނަމަވެސް 9 ބޯލް އެސޯސިއޭޝަން ކަޕުން ޝާޒައަށް ލިބުނު ޕޮއިންޓް ވަނީ އެހެން ފަހަރުތަކަށް ވުރެ ދަށްވެފައެވެ. 9 ބޯލް ކަޕުން 100 ޕޮއިންޓް އަދި 19 އެފްޑީ ލިބުން ކަމުގައި ވިޔަސް ކުރިން ހޯދަފައިވާ ޕޮއިންޓްގެ މުޅި ޖުމްލަ 370 ޕޮއިންޓް ލިބުމާއެކު ރާއްޖޭގެ ބިލިޔާޑް ޤައުމީ ރޭންކިންގެ 1 ވަނަ ހަސަން ޝާޒު މުހައްމަދު ވަނީ ލިބިފައެވެ.
ޝާޒްއަށް ބިލިޔާޑް ގައުމީ ރޭންކިންގެ 1 ވަނަ ލިބިގެން ދިޔަ އިރު ދެ ވަނަ ލިބިފައި ވަނީ ހުސައިން ފަޔާޒުއަށެވެ. ފަޔާޒަށް ލިބިފައި ވަނީ 350 ޕޮއިންޓެވެ.
މިހާރު ޝާޒް ތައްޔާރުވަމުން ދަނީ ކުރިއަށް އޮތް ޑިސެންބަރު މަހުގެ 1 އިން 15ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތަށް ތައްޔާރުވަމުންނެވެ. ގައުމީ ބިލިޔާޑް މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަަނަ އަހަރުގައެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ގައުމީ މުބާރާތް ބާއްވާފައި ނުވެއެވެ.