ދުނިޔެ

ޓައިވާނާ މެދު ދެކޭ ގޮތް ބަދަލެއް ނުކުރާނަން: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތާރީހީ ބައްދަލު ކުރެއްވުމުގައި ދުނިޔެ ކަންބޮޑުވެފައި ހުރި ގިނަ މައްސަލަަތަކަށް އަލިއަޅުއްވާ ލައްވައި މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރެއިން އުދާސް ވެގެން ދިޔަ އެއް މައްސަލައަކީ ޓައިވާނެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޓައިވާން މިނިވަންކޮށް ވަކި ދައުލަތަކަށް ހެދުމުގެ ވިސްނުމެއް އެމެރިކާ ނުގެންގުޅެ އެވެ. އެހެން ނަމަވެސް މިނިވަން ސިޔާސަތެއްގެ ދަށުން އަމިއްލައަށް ކަންކަން ނިންމޭ ވަރުގެ ސަރުކާރެއް ޓައިވާންގައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޓައިވާން މިހާރު ވެސް އޮތީ އެ ފެންވަރުގައި ކަމަށް ވިދާޅުވުމަށް ފަހު ބައިޑަން ދެން ވިދާޅުވީ ޓައިވާނަށް ނުރައްކާ އޮތް ކަމެއްގައި ނަމަ އެމެރިކާއިން އެހީތެރިވާނެ ކަމަށެވެ. އެމެރިކާގެ އެ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޓައިވާނާ އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ އަސާސަކީ ވެސް އެއީ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ވިދާޅުވީ ޓައިވާންގެ ހަރަކާތްތަކުގެ ސަބަބުން ޗައިނާގެ މިނިވަން ކަމަށާއި އިސްތިގުލާލަށް ދަތިވާ ކަމަށާއި އެމެރިކާއާ ޔޫރަޕްގެ ބާރުތަކުން ޓައިވާންގައި ތިބޭ ނަމަ ދުނިޔެއަށް އެ ދެވެނީ ނުބައި މެސެޖެއް ކަމަށެވެ.

ޝީ ވިދާޅުވި ގޮތުގައި ޓައިވާން އޮންނަން ޖެހޭނީ ޗައިނާގެ މައި ސަރުކާގެ ދަށުގަ އެވެ. އެހެނެއް ކަމަކު ވަކި ސަރުކާރެއް އުފައްދައި އަމިއްލަ އިދާރާތައް އެކުލަވާލައި ހިންގުން ވަކި ކުރުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

ބައިޑަން ވިދާޅުވީ އެމެރިކާއިން ވެސް ވަން ޗައިނާ ޕޮލިސީއަށް ކަމޭހިތާ ކަމަށާއި އެކަމަކު އެއީ ދެން ތިބި މީހުންނަށް ބިރަކަށް ވެގެން ނުވާނެ ކަމަށެވެ.

ޗައިނާއާ ޓައިވާންއާ ދެމެދު ހަގީގަތުގައި މައްސަލައެއް ނެތް ކަމަށް ޝީ ވިދާޅުވި އެވެ. މަސްލަހަތު ގޯސް ކުރަނީ ކަމާ ނުބެހޭ ގައުމުތަކުން ކަމަށް ވެސް ޝީ ވިދާޅުވި އެވެ. ޝީ ވިދާޅުވީ ޓައިވާނަށް އޮތް ހައްދު އެމީހުން ގަބޫލު ކުރަން ޖެހޭނެ ކަމަށާއި ހައްދުން ބޭރުވާން މަސައްކަތްކުރާ ނަމަ ދެން ގޮތް ނިންމާނީ ޗައިނާއިން ކަމަށެވެ.